މިއަދު ކުރިއަށް ދިޔަ ލޯކަލްކައުންސިލް އަދި ރެފަރަންޑަމް އިންތިހާބާ ގުޅިގެން ކުރިއަށް އޮތް އާދިއްތަ އަދި ހޯމަ ދުވަސް، ސަރުކާރު ބަންދުކަމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުރު ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމް އިންތިހާބާ ގުޅިގެން، މި އިންތިހާބުގެ އެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ ކުރިއަށް އޮތް ދެދުވަސް ސަރުކާރު ބަންދުކަމަށެވެ.
މި ބަޔާނުގައި އިންތިހާބަށް ފަހު، އިންތިހާބާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާތީ އޭޕްރިލް 6 ވާ ހޯމަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާ ދިނުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1