ކުރީސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކާ ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސުލްޖުމްލޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ ކެންޕެއިން ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީސަރުކާރުން ނަގާފައިވާ ބޭކާރު ހަރަދުތަކެއް މިސަރުކާރަށް ދައްކަން ޖެހުނުކަމުގަވެ. އެގޮތުން،2021 ވަނަ އަހަރުގައި އެ ސަރުކާރުން ޖުމްލަ 524.68 މިލިއަން ޑޮލަރުގެ ސުކޫކެއް ނަގާފައިވާ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް، އަދި ފިނޭންސް އިމާރާތް ރަހުނުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ ދަރެންޔެއް ވެސް މި ސަރުކާރުން ދައްކާފައި ވާނީ އެއްވެސް ވަރަކަށް ފައިސާ ޗާޕްނުކޮށް، ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނި ނުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ނެގި ސްކޫކު އަޅުގަނޑުމެންގެ ގައުމު ދަރުވާނުލާ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނި ނުކޮށް، އެއްވެސް ފައިސާ ފޮއްޗެއް ޗާޕް ނުކޮށް، ރެކޯޑް އަދަދެއްގެ ގައުމީ ރިޒާވް ހާސިލް ކުރުމަށްފަަހު.” އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި މި ސަރުކާރު އައި އިރު ކުރީސަރުކާރުން އޮތީ ގައުމު އެއްކޮން ދަރަނިވެރިކޮށްލާފައެވެ. މީގެ2 އަހަރު ކުރިން މި ސަރުކާރުން ގައުމާ ހަވާލުވި އިރު ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ރާއްޖެ ސިފަކޮށްފައި ވަނީ މާލީ ހާލަތު ނާޒުކު ގައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، މާދަމާލާ ވޯޓުތަކަކީ ގައުމީ ވިސްނުމުގައި، ގައުމު އިސްކޮށްގެންލާ ވޯޓުތަކަކަށްހެދުމަށް ރައީސް އެންމެހާ ރައްޔިތުންނަށް ގޮވާލާފައިވެއެވެ. އަދި މާދަމާގެ ވޯޓަކީ ކުރިއަށް އޮތް ޖީލުގެ މުސްތަގުބަލު ކަމުގައި ދެކިގެން ވޯޓުލުމަށް ވެސް ރައީސް އެދިވަޑައިގަނެފައިވެއެވެ.