ސަރުކާރުގެ ޓެކްސީ ލައިން ކަމަށްވާ “މާލެ ޓެކްސީ” ލައިންގެ ޑުރައިވަރުންގެ ދުވަނަ ބެޗްގެ ޓްރެއިނިން ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ސެޝަންތަކުގައި ފަސްޓު އެއިޑް ޓުރެނިންގެ އިތުރުން ޖެނެރަލް ސޭޕްޓީ އެވެއާނެސް ޓުރެއިނިންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓުރެއިނިންތަކަކީ ޓެކްސީ ޑުރައިވަރުންނަށް ކޮންމެ ހެން ދޭންޖެހޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ބޭނުންވާނެ ތަމްރީން ދިނުމަށް ކުރިއަށް ގެންދާ މުނިންމު ޓުރެއިންތަކެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނިގޮތުގައި މި ޓުރެއިންތަކުގެ ސަބަބުން މާލެ ޓެކްސީ ލައިންގެ ޑުރައިވަރުންނަކީ ޕުރޮފެޝަނަލް، ސޭފް އަދި އެފެޝިއެންޓް ބަޔަކަށް ވެގެންދާނެ އެވެ.
ސަރުކާރުގެ ޓެކްސީލައިން ކަމަށްވާ “މާލެ ޓެކްސީ ލައިން” އަށް ބޭނުންވާނެ އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ވަނީ ގެނެސްފައެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ގެނެސްފައި ވަނީ ‘ޗަންގަން’ ބްރޭންޑުގެ S05 މޮޑެލްގެ ކާރުތަކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ޝިޕްމަންޓްތަކުގައި ޗަންގަން އެސްއޯ 7 މޮޑެލްއާއި، ކުދި ކާރުގެ ގޮތުގައި ބޭނުންކުރާ ‘ލޫމިން’ މޮޑެލްގެ އުޅަނދުތައް ހިމެނޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.