އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުންކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ޖުމްލަ 8 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާފައިވެއެވެ. މިހާރު އެ ސަރަހައްދު ގައި ފުލުހުންގެ ޚާއްސަ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:00 އެހައިކަންހާއިރު އެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1