މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ ސްޕޯކް ޕާސަން ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވި ގޮތުގައި މި ކޮމެޓީގައި ހިމެނެނީ:
- 1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
- 2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
- 3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
- 4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
- 5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
- 6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން
- 7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
- 8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަދި، މި ވުޒާރާތަކުން މި ކަންކަމާއި ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާކުރަމުން ދާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1