ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98% ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އިން މި މަސައްކަތް ފަށާފައިވަނީ 2025 ނޮވެންބަރު 14 ވަނަ ދުވަހުގައެވެ. މިހާތަނަށް 79 ހެކްޓަރު ބިން ހިއްކާ ނިންމާފައިވާ އިރު އެއީ މި މަސައްކަތުގެ 98% މަސައްކަތް ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ. މި މަސައްކަތުގެ ތެރެއިން ޖުމްލަ 81 ހެކްޓަރުގެ ބިން ހިންކަން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް އެއްކޮށް ކުރިއަށް އޮތް ހަފްތާގައި ނިންމާލެވޭނޭ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ. މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.
އެމްއޭސީއެލް އިން މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.