މާރިޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އަންނަ މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެއެވެ.
މާރިޗު މަހު އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް ލަފާކުރާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭ ވެހުން މަދުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނޭ ކަމަށް ރެކޯޑް ކުރެވެނީ، ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1