ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 މިއަހަރު އޮކްޓޫބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ދައްކާލުމަށްޓަކައި ރާއްޖެގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 23 އޮކްޓޫބަރު އިން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ.
މި ހިނގާ 2026 ވަނަ އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ވަނީ އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
މިއަހަރުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތާއި މައުރަޒުގެ އުސޫލު މާޗް މަހު އާންމުކޮށް އިއުލާނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ގޮތަކަށް މި މައުރަޒު އިންތިޒާމު ކުރެވިގެންދޭނޭ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި މިއަހަރުގެ މައުރަޒު ކުރިއަށްދާނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ދައްކާލެވޭ މައުރަޒާއެކު، ދިވެހިންގެ މަސައްކަތްތެރިކަމަށް އައިސްފައިވާ ކުރިއެރުމާއި، އުފެއްދުންތެރިކަމަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްގީއާއި ކުރިއެރުން ފެންނާނެފަދަ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ކުރިއަށް ދާނީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެންނެވެ.