ފެބްރުއަރީ 15 އިން 21 އަށް، މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 15 އިން 21 އަށް މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ވަނީ ކްލިއާކުރިއިރު، މީގެ ތެރެއިން 26,469.21 ފްރައިޓް ޓަނަކީ ކޮންޓޭނަރު އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ. އަދި ބާކީ 2,852.78 ފްރައިޓް ޓަނަކީ އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އަވަހަށް ހަލާކުވާ ބާވަތްތަކުގެ (ޕެރިޝަބަލް) މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކްލިއާކޮށްފައިވަނީ ބިހެވެ. ދެވަނައަށް ފިޔާ ކްލިއަރ ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ކަރާ ވެސް ވަނީ މި މުއަދަތުގައި ކްލިއަރ ކޮށްދީފައެވެ.
އެމްޕީއެލް އިން ކްލިއާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:
- ބިސް: 20،648 ކޭސް
- ފިޔާ: 18،576 ބަސްތާ
- ކަރާ: 9،871 ކޭސް
- އަލުވި: 6,926 ބަސްތާ
މީގެ އިތުރުންވެސް މި ބާވަތުގެ ގިނަ މުދާވަނީ މި މުއްދަތުގައި ކްލިއަރ ކޮށްދީފައެވެ.
https://x.com/Portmv/status/2026583629502230671?s=20
ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުތަކަށް ބޭނުންވާ ކާބޯތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި، މުދާ ކްލިއާކުރުމުގެ މަސައްކަތް އެމްޕީއެލް އިން ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ.