ފޯޅަވަހީގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަގައި ނައިޖަލް ވިދާޅުވި ގޮތުގައި، ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށާއި، އެކަމުގެ ސާފު ހެކި ފެންނަ ކަމަށެވެ. އަދި އެފަދަ އެއްވެސް ހެއްކެއް މޮރިޝަސްއާ ގުޅޭގޮތުން ނެތް ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ފަރާޖުގެ ވާހަކުފުޅުގައި ރާއްޖެއާއި ފޯޅަވަހީގެ ރަށްތަކާއި މެދު އޮތް ތާރީހީ ގުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފޯޅަވެހި މައްސަލާގައި ބައިނަލްއަގުވާމީ ކޯޓުގައި އެ ދައުވާ އުފުލަން ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ފަރާޖު އިތުރަށް ވިދާޅުވީ، އައިސީޖޭން ވަކި ނިންމުމެއް ނިންމަންދެން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްނުކޮށް މަޑުޖައްސާލުމަށެވެ.
ފޯޅަވެހީގެ ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.