ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.
އެމަނިކުފާނުގެ ހިތާބުގައި ފާއިތުވެ ދިޔަ ދެ އަހަރުތެރޭގައި ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދީ، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަކަށް ހަދާފައިވާނެ ކަމަށް ރައީސް ވިދާޅި\ުވެފައިވެއެވެ.
ރަށްތަކުގެ ސިއްހީ، ތައުލީމީ އަދި މިނޫން އިޖުތިމާއީ ހިދުމަތްތައް ވެސް ފުޅާކޮށ،ް ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތާއި، އޭޓީއެމް އަދި ކޮންމެ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުން ހަގީގަތަކަށް ހަދާދީފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި ވެސް ބޮޑުކާމިޔާބީއެއް ރައީސް ހޯދައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއާއެކު، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތާއި، މަގާއި ބަނދަރު ހެދުން ފަދަ އުމްރާނީ މަސައްކަތްތައް ވެސް އެންމެ ގިނައިން ރާއްޖޭގައި އެއްފަހަރާ ހިނގަމުން ގޮސްފައިވާނީ، ވޭތުވެދިޔަ ދެ އަހަރުތެރޭގައި ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯދާފައިވާނެ ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމަށް ހައްލު ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ދަޏި ކުރަމުންނެވެ.
މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުންދާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
އެހެންވެ، ރައީސްގެ އުންމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީވެ، ދިވެހި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވުން ކަމަށް އެމްނިކުފާނު ވިދާޅުވެފައިވެއެވެ.