ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އަލުން ރީރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމް ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ވޯޓު ފޮށިތައް ނުބަހައްޓާ ތަންތަން އިއުލާންކޮށްފަ އެވެ. އެ ކޮމިޝަނުން ވަނީ ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު އެކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގް ހަމަނުވުމުގެ ސަބަބުން ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، އީސީން ވަނީ29 ރިޒޯޓެއްގައި ފޮށި ނުބަހައްޓާނެކަމަށް އިއުލާންކޮށްފައެވެ. އަދި ތިން ސިނާއީ މަސައްކަތްކުރާ ތަނަކާއި، ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި ވޯޓުލާ ފޮށި ނުބެހެއްޓުމަށް އީސީން ވަނީ ކަނޑައަޅާފައެވެ.
ވޯޓުފޮށި ނުބަހައްޓާ ސިނާއީ މަސައްކަތްކުރާ ތަންތަން:
- ހުޅުލެ
- ތިލަފުށި
- ގދ ކާޑެއްދޫ
ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ދެގައުމް:
- މެލޭޝިޔާ
- ލަންކާ
ކޮމިޝަނުން ވަނީ އެކޮމިޝަނުން ފޮށި ނުބަހައްޓާގޮތައް ކަނޑައަޅާފައިވާ ފޮށިތަކަށް ރަޖިސްޓްރީ ވެފައިވާ މީހުންނަށް އަލުން ރީރަޖިސްޓްރީ ވުމަށް އެކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އީސީން ބުނިގޮތުގައި އެ ތަންތަނަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް އަލުން ރަޖިސްޓްރީވާން މާދަމާ މެންދުރު1:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެފަރާތްތަކުން ވޯޓުލާން ޖެހޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވެސް އިސީން ބުނެފައިވެއެވެ.