ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުން، ބުރިޖު ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓުރޯލް ނުވެ ގޮސް ޕޭމަންޓު މައްޗަށް އެރުމުންނެވެ. މި ހާދިސާ ފުލުހުނަށް ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 1:39ހާ އިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ސައުކަލް ދުއްވަން އިނީ19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ސައިކަލް ފަހަތުގައި16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް އިންކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި 16 އަހަރުގެ ކުއްޖާ ވަގުތުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮން މި ކުއްޖާ ވަނީ މަރުވެފަ އެވެ.
ފުލުހުން އިތުރައް ބުނިގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާއަކީ އެ ކެޓަގޮރީގެ އުޅަނދުގެ ލައިސެންސް ނޯއްނަ މީހެކެވެ. މި މައްސަލަ އިތުރައް ފުލުހުން ދަނީ ބަލަމުންނެވެ.