މިދިޔަ ހުކުރު ދުވަހު އެކަނި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، 900 ބަސްތާ ފިޔާ ކްލިއާ ކޮށްފިއެވެ.
އެމްޕީއެލުން ދަނީ ރޯދަމަހާ ގުޅިގެން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން، އެ ކުންފުނިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހުކުރު ދުވަހު އެކަނި 900 ބަސްތާ ފިޔާ ކްލިއާ ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ކުލިއާ ކޮށްފައި ވަނީ އަލުވިއެވެ. އެއީ 360 ބަސްތާ އަލުއްވެއެވެ.
މީގެއިތުރުން ކުލިއާކޮށްފައިވާ މުދަލަކީ:
- ޓޮމާޓޯ- 252 ބަސްތާ
- ބިސް- 87 ކޭސް
- ކެބެޖު- 90 ބަސްތާ
- ކަރާ- 40 ބަސްތާ
- އަލަނާސި-18 ޕެކޭޖް
- ދޮންކެޔޮ- 8 ބަސްތާ
- ބަރަބޯ- 20 ބަސްތާ
- ޖުމްހޫރީ މޭވާ- 7 ބަސްތާ
މިއާއެކު، އެމްޕީއެލުން ވަނީ 1،057 ފްރައިޓް ޓަނުގެ ކާގޯ ކުލިއާ ކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1