ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނު އިންޑިއާގެ ފަސިްނޖަރެއް އަތުން، ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، އެއްވެސް މައުލޫމާތެއް ނުދީ ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ ރުފިޔާއާ އަތުލައިގަނެފައިވާ ކަމަށެވެ
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މިފައިސާގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާ ހިމެނެއެވެ. ބޭރު ފައިސާ ރާއްޖެއިން ބޭރުކުރުމަށްޓަކައި ކަސްޓަމްސްއަށް ޑިކްލެއަރ ކުރުމަކީ ގާނޫނީ ލާޒިމު ކަމެކެވެ. ނަމަވެސް، މި ފައިސާ ބޭރުކުރަން އުޅުނު ފަރާތުން ކަސްޓަމްސްއަށް އެއްވެސް ޑިކްލެރޭޝަނެއް ހުށަހަޅާފައި ނުވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެ ފައިސާ އަތުލައިގަތީ އިންޑިއާ ރައްޔިތެއްގެ އަތުންނެވެ. ކަސްޓަމުން ބުނިގޮތުގައި ބޭރުކުރަން އުޅުނު ފައިސާގެ ޖުމްލަ އަގު 905،669.80 ލައްކަ ރ. އަށް އަރަ އެވެ.