ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގައި ކުރިން އަތުރާފައިވާ ގާތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަގުތަކުގެ އުމްރާނީ ފެންވަރު މަތިވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލޭގެ އެކި ސަރަހައްދުތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1