ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގުރެސް ޖަލްސާ ރަސްމީކޮށް ފަށައިފިއެވެ.
މި ޖަލްސާ ފަށާފައި ވަނީ މިއަދުގެ ހެނދުނު 7 ޖެހި އިރުގައެވެ. މި އަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
އިފްތިތާހީ ޖަލްސާއަށް ފަހު ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރުން ހާއްސަ ސެޝަންތަކެއް ހުށައަޅާނެއެވެ. މަޖިލީހުގެ ހާޒިރީން ޕާޓީގެ މުސްތަގުބަލަށް ކުރާ އުންމީދުތަކުގެ ޝުއޫރުތައް ފާޅުކުރުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ވެސް މި މަޖިލީހުގައި ހުށައަޅަން ވަނީ އިންތިޒާމްކޮށްފައެވެ. އަދި މި މަޖިލީހުގައި ޕާޓީގެ ނައިބްރައީސް އިންތިހާބުކޮށް، މެންބަރުންގެ މަތީ މަޖިލީހަށް ބޭފުޅުން އައްޔަނު ކުރާނެއެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
- އަސްމާ ރަޝީދު
- މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އަބްދުﷲ ރާފިއު
- އަހުމަދު ޝިޔާމް
- އިބްރާހިމް ޝުޖާއު
- ފާތިމަތު ސައުދާ
- މުހައްމަދު ނިމާލް
- މުހައްމަދު ސައީދު
މީގެ އިތުރުން، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަގާމުތަކަށް ގިނަ ބަޔަކު ވަނީ ކުރިމަތިލާފައެވެ. އެގޮތުން އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅުން، ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅުން އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ވަނީ ކުރިމަތިލާފައެވެ.
މި ކޮންގުރެސްއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގުރެސް ޖަލްސާއެވެ.