ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން، މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް ވަނީ މިހާރު ވަނީ ފަށާފައެވެ.
އެމްޓީސީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ކުއޭ ވޯލް ނެގުމުގެ މަސައްކަތުގެ 65 އިންސައްތަ ވަނީ މިހާރު ނިމިފަ އެވެ. އަދި ސެޓަލްމެންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމެފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން، ނަރުދަމާ އެޅުމާއި ފެން ހޮޅިތައް އެޅުމުގެ މަަސައްކަތް މި ހަފްތާގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ސަބަބުން ދުއްވާއެއްޗިއްސަށާއި މަގުމަތީގައި ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް އެތައް ލުއިތަކެއް ލިބި، ރައްކާތެރިކަން ލިބިގެން ދާނެއެވެ. އަދި ބޮޑުތަކުރުފާނުމަގުގައި ގާއިމްކޮށްފައިވާ ފެން ހިއްކުމުގެ ނިޒާމުގެ ސަބަބުން މަގުގައި ފެންބޮޑުވުމުން ރައްކާތެރިކޮށްދޭނެއެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށެވެ. މި ސަރަހައްދުގެ މަސައްކަތް މި ފެށޭ އަހަރުގެ ރޯދައިގެ ކުރިން ނިންމުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފަ އެވެ.