އައްޑޫ ހުޅުދޫ އާއި މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ގްލެޓް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝިޔާމެވެ.
ހުޅުދޫ-މީދޫ ސިއްހީ މަރުކަޒު ބަދަލުކުރުމަށް ހަަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލަކަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފަށައިފައެވެ. އަދި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.