ޅ. އޮޅުވެލިފުށީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާއެެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގެ ތެެރެއިންނެވެ. އޮޅުވެލިފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ، އެ ރަށު ކައުންސިލުގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1