ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލުކުރުމަކީ އެ މަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ
އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެކަން ކުރައްވަން ބޭނުންފުޅުނުވާތީ އެކަން އިސްލާހުކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޮތުމުގެ ބަދަލުގައި ކޮމިޝަންގެ ރައީސް އިންތިހާބުކުރަންވާނީ ކޮމިޝަން މެންބަރުންގެ ވޯޓަކުން ކަމަށް ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓުކުރާ ބަޔަކަށް ކަމަށާއި އެއްގޮތަކަށް ވެސް މީޑިއާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން މި ސަރުކާރުން ބޭނުންނުވާ ކަމަށެވެ
ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ތެދުބަހުން މައުލޫމާތު ފަތުރައި، ކަންކަމުގެ ދެކޮޅު ބަލައި ހަގީގަތް އޮޅުންފިލުވައިގެން ތެދު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1