ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުާން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ 16 ވަނަ އިސްލާހުގެ ބިލު ދެކެވަޑައިގަން ގާސިމް ވިދާޅުވީ މި އިސްލާހުތަކަކީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހެއް ކަމަށެވެ
ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް، މިއީ ފެޑްރަލް ދައުލަތެއް ނޫން! އެހެންވީމާ ލާމަރުކަޒީ “
ޤާނޫނުވެސް އޮންނަންވާނީ އުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނޭ މިންވަރަކަށް، އެ ހުދޫދުގެ ތެރޭގައި، ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކާއި ފުށުއަރާގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެންނުވާނެ.” ގާސިމް ވިދާޅުވި އެވެ
ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތުދީ ނާޖާއިޒު އެއްވެސް ފައިދާއެއް ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދީގެން ނުވާނެ ކަމަށް ގާސިމް ބުނެފައިވެއެވެ
ދެން އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ”
ލިބިދީފައި އޮވެގެން ނުވާނެ. މިސާލަކަށް މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ 2026 މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސްކަމުގައިވާތީ ކައުންސިލްތަކުން އިހުލާސްތެރިވާން ޖެހޭނީ ގާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް، މި އިސްލާހު ގެ ސަބަބުން އަސްލުގައި ފައިދާވާނީ ރައްޔިތުންނަށް ސަރުކާރަކަށް ނޫން. ރަށެއްގެ ތަރައްގީގެ ޕްޕޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހުތިޔާރުވެސް އޮވެގެން ނުވާނެ. މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދާ ކަމީވެސް ހަގީގަތެއް”. އޭގެ އިތުރުން އެ ގާނޫނަށް ގެނެސްފައިވާ އެހެން އިސްލާހުތަކަކީވެސް ރައްޔިތުންނަށް ފައިދާވާނެ އިސްލާހުތަކެއް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1