ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބައްލަވައި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ “ހޯމް ޓީމުން” ވަރުބަލިކަމެއް ނެތް ބުރަ މަސައްކަތްތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި “ހޯމް ޓީމު” އަދި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ވަނީ މި މަގުސަދު ހާސިލުކުރުމަށްޓަކައި އެއްވެސް ވަރުބަލިކަމެއް ނެތް، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްފައި ކަަމަށެވެ.
ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވުނު މި މައްސަލައިގައި ރައީސް މުޢިއްޒު ދައްކަވާފައިވާ ސާބިތުކަމަށްޓަކައި، މިނިސްޓަރު އިހުސާނު ވަނީ މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.މް މިނިސްޓްރީއާއި އިމިގްރޭޝަން ފަދަ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތަށް ވަނީ ބޮޑު އިތުބާރެއް ލިބިފައެވެ.