މިދިޔަ ބުރާސްފަތި ދުވަހު އެކަނި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، 3000 އަށް ވުރެ ގިނަ ބިސް ކޭސް އިން ކްލިއާ ކޮށްފިއެވެ.
އެމްޕީއެލުން ދަނީ ރޯދަމަހާ ގުޅިގެން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން،މ އެ ކުންފުނިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނި 3،658 ކޭސް ބިސް ކްލިއާ ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ކުލިއާ ކޮށްފައި ވަނީ ފިޔާއެވެ. އެއީ 2،165 ބަސްތާ ފިޔައެވެ.
މީގެއިތުރުން ކުލިއާކޮށްފައިވާ މުދަލަކީ:
- ޓޮމާޓޯ- 1،224 ބަސްތާ
- އަލުވި-926 ބަސްތާ
- އަލަނާސި- 792 ބަސްތާ
- ކަރާ- 600 ބަސްތާ
- ދޮންކެޔޮ- 224 ބަސްތާ
- ކެބެޖު- 556 ބަސްތާ
- ސްވީޓް މެލަން- 170 ބަސްތާ
- ބަރަބޯ- 122 ބަސްތާ
މިއާއެކު، އެމްޕީއެލުން ވަނީ 3،260 ފްރައިޓް ޓަނުގެ ކާގޯ ކުލިއާ ކޮށްފައެވެ.
ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމަށްޓަކައި 3،000 އަކަފޫޓުގެ ޝެޑެއް ވިޔަފާރި ބަނދަރުގައި އެމްޕީއެލުން ވަނީ ހަދާފައެވެ. އެކުންފުނިން ބުނިގޮތުގައި މި ޝެޑް ހަދާފައި ވަނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މިރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނެވެ.