މާލޭގެ ސެލޫނަކަށް ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދީ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) އެވެ. އެނާއަކީ ފުލުހެކެވެ. އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުުން ބުނީ، މި މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން އޭނަ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އިދާރީ ގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައވެ.