– އޮފީސް އޮފް ދަ ކޮމިޝަނަރ
– ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
– ޕްރޮފެޝަނަލް ސްޓެންޑަރޑްސް
– ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
– އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
– ފޮރެންސިކް ސަރވިސަސް
– ސެންޓްރަލް އިންވެސްޓިގޭޝަންސް
– މާލޭ ޕޮލިސް
– ހުޅުމާލޭ ޕޮލިސް
– ނޮދަން ޕޮލިސް
– ސަދަން ޕޮލިސް
– ސަރވިސް ޑިވެލޮޕްމަންޓް
– ސަރވިސް ސަޕޯޓް
– ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުން ބުނީ މީގެ ކުރިން އަމަލުރަމުން ގެންދިޔަ އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށްކަމަށެވެ. ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނުގައި ބުނިގޮތުގައި،މި އޮނިގަނޑަކީ 2025 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި، ފުލުހުންގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ނިޒާމެކެވެ.
މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ ޚިދުމަތުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާއި، އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އޮޕަރޭޝަނަލް މަސައްކަތްތައް ތަރުތީބުކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އަމަންއަމާންކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުން ވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.