ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ގަސްތުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަަލުވުމުގައި،ރައީސް މިކަން ހާމަކުރެއްވީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ.
މީސްމީޑިއާގެ ޒަރީއާއިން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، އޮންލައިންކޮށް ބުލީކުރުމާއި ކުދިން ގްރޫމްކުރުން ފަދަ ނުރައްކާތެރި އަމަލުތައް އިތުރުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަންސަތަކުގެ ސަބަބުން ކުޑަކުދިންނާ ހަމައަށް ނޭދެވޭ އަދި ނުރައްކާތެރި ކޮންޓެންޓުތައް ފަސޭހައިން ފޯރުމަށް މަގުފަހިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
” ކުރިއަށް އޮތް ތަނުގައި ކަމާ ބެހޭ ފަރާތްތަކާ، މިދެންނެވީ ސިވިލް ސޮސައިޓީ ކަމާ ގުޅޭ ޖަމްއިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމާ ގުޅޭ ގާނޫނުތަކާ އަޅަންޖެހޭ ފިޔަވަޅުތަކެއް، ސޯޝަލް މީޑިޔާގެ ބައެއް އެޕްތައް އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންނުކުރެވޭ ގޮތަށް ހަމަޖައްސަން ފިޔަވަޅުތަކެއް އަޅަން ގަސްތުކުރަން،”