ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވާފައިވައިފިއެވެ.
މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ވަނީ ‘ހިރިޔާ’ އަށް ޔަގީންކޮށްދެއްވާފައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކޮންކަމަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރައްވަ އެވެ.
އަލީ އާރިފް ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ޑީއާރުޕީންނެވެ. އޭގެ ފަހުން ޕީޕީއެމްގަޔާއި ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރައްވާފަައިވެއެވެ. އަދި އޭނާ ވަނީ ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އޭނާ ރައީސް މުއިއްޒާ އެކު މަސައްކަތް ކުރައްވަން ފެއްޓެވީ 2023 ވަނަ އަހަރުގައެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒުގެ އާއިލީ ބޭފުޅެއްވެސްމެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1